| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 09 December 2005 08:05
!"Wdiawf" iv cSwncnutiycawr Ereturwhwa 26
އިބުރާހިމް ދީދީ - 10 އޯގަސްޓު 2004
"ދިވެހި އޮބްޒާވަރގެ އެންމެހާ ލިޔުންތެރިންނާއި ކިޔުންތެރިންނައް" މި މައުޝޫއަށް ދަމޯލްޑިވިއަންގައި ލިޔެފައިވާ ލިޔުމާއި ބެހޭގޮތުން އަޅުގަޑުވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެއްޗެއް ދަންނަވާލަން ހިތަށް އަރާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. ކޮންމެއަކަ މިހާރު ވަގުތުޖެހިއްޖެ ކަމުގައިދެކެމެވެ.
އެންމެ ފުރަތަމަވެސް ލިޔުންތެރިޔާ ފާހަގަ ކޮށްފައިވަނީ އޭނާ އަކީ ވިޔަފާރި ވެރިއެއްކަމެވެ. އެހެންކަމުން އޭނާ އެވިޔަފާރި ކުރަން ފައިސާ ހޯދީކޮންތާކުންތޯ މިސުވާލު އަޅުގަޑު ހިތަށް އަރައެވެ. އަނެއްވާހަކަ އަކީ ފިހާރައިން ފައިދާ ނުނެރެވޭ ވާހަކަ، އާދެ ކުލިބޮޑު ކަމުންނެވެ. ހައިރާންވާން ޖެހުނު ކަމަކީ ގެއްލުންވާ ވިޔަފާރިއެއް ކުރިއަށް ގެންދިޔައީ ގެއްލުންވާ ފައިސާ ކޮންތާކުން ހޯދައިގެންތޯއެވެ. އާދެ ޤައުމުގެ ވާހަކަ ދައްކާއިރު އެއްވެސްމީ ޤައުމަކީ ތިމާ އެކަނި ކަމައް ހީކުރުމަކީ އަޅުގަޑު ދެކޭގޮތުގައި ވަރަށް ބޮޑު ކުށްހީއެކެވެ. ވީމާ އެންމެ މީހަކަށް ދިމާވި ކަމަކުން މިއީ ޤައުމުގެ ފައިދާކަމަށް ނިންމުމަކީ ހަމަޖެހޭ ކަމެއް ކަމަކަށް އަޅުގަޑު ނުދެކެމެވ.
އާދެ 26 އަހަރުދުވަހުގެ ތެރޭގައި މައުމޫނަށް ކުރެވުނީ ކޮންކަމެއް..... ވަރަށް ރަގަޅު ސުވާލެއް. އެކަމަކު ތިޔަދެއްވި ޖަވާބަކީ ވަކިފަރާތަކަށް ހުންނަވައިގެން ދެއްވާ ޖަވާބުތަކެއް ކަމަށް ފާހަގަ ކުރެވެއެވެ. އާދެ މާލޭގެ ވާހަކަ، ދަންނަވަންތޯ މާލެއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ރަށެކެވެ. މިރަށުގެ ވާހަކަ އެކަނި ދައްކައިގެން މިސާލު މައްޗަށް މިސާލު ޖަހާއި އަޅުގަޑު ހިތަށް އަރަނީ ލިޔުނުމީހާ ދިވެހިރާއްޖޭގެ ބާކީ އޮތް %70 މީހުނެގެ މަތިން ކުޑަކޮށްވެސް ހަނދާން ނެތީބާވައެވެ. އާދެ ހިރަފުހުގެ ވާހަކަ، އަދިވެސް މިދެންނެވި %70 މީންގެ ފިހާރަތަކުގައާއި ގޭގައި ހުންނަ އަގުބޮޑު އިލެކްޓްރޯނިކުސް ދަނީ ހަލާކުވަމުން. އަރިދަފުސް ނުޖެހޭ ހަމަ އެކަކު ނެތޭ ބުނުނ ހަމަ ވަރަށް ރަގަޅު ތެދެއް. މިހާރުވެސ އަރިދަފުސް ޖެހޭ. މަގުތަކުގައި އަދިވެސް ވާރޭ ވެހިލައިފިއްޔާ ހުންނަނީ އޮއްވަޅު ގޮޑިއެއްހެން އިގޭތޯ. ގަޑިއެއްހާއިރަށް ވާރެ ވެހޭ އިރަށް މިހާރުވެސް ފެން ބޮޑުވޭ އަދި މިފެންގަޑު ހިނދޭނީ މަސްދެމަހުން. ވަރަށް ރަގަޅު ތެދެއް. އަދީ މީހުނގެ ފައިގާ ކަސް މިހާރުވެސް ދަނީ އަޅަމުން. އާދެ މިދެންނެވި މީސްމީހުން ތަނަވަސް ކަން ނެތުމުން އެމީހުންގެ ވެހިކަލް ތައް ހަލާކުވުން ވަރަށް މަދުވާނެއެވެ. އާދެ ރާއްޖެތެރެ މީހުން މާލެ ނާންނަން ހުވާކުރަނީ އެމީހުންގެ ރަށުގައި ތަށިމުށީ ޖަހާފަ ހުންނާތީ ކަމަށް ލިޔުންތެރިޔާއަށް ފެނުމުން ހައިރާން ވެއްޖެއެވެ. އާދެ މާލޭގައި ޚަރަދުތައް ބޮޑުވެ އެމީހުން އަހަރު ދުވަހު ކުރާމަސައްކަތުން އެއްކުރާ ލާރިކޮޅު ދެތިން ދުވަހުން ޚަރަދުން ކުރަންޖެހުމުން ކޮންމެމީހަކުވެސް ދާނީ ހަތް ހުވާވެސްކޮށްފައި ކަން ކަށަވަރެވެ. އާދެ ސާވޭގެ ވާހަކަ ދައްކަވާނަމަ ސާވޭކުރަން ވީ މައުމޫނު ވެރިކަމުގައި ހުންނަން ފެނޭތޯ އެއް ނޫނެވެ. ނަމަވެސް މިފަދަކަންތައް ރަގަޅުކުރެވޭނެ ނިޒާމެއް އަޅުގަޑުމެންގެ ތެރޭގައިވޭތޯ ނުވަތަ ނޫންތޯއެވެ.
އާދެ ވަރަށް ރަގަޅު ވާހަކައެއް މައުމޫނު ވަނީ މާލޭގެ މަގުތައް ހައްދަވާފައެވެ. މާލެއިން ބޭރުގައި (ހުޅުމާލެ އާއި ވިލިގިލި ފިޔަވައި) ތިބިން ރާއްޖޭގެ ރައްޔިތުން ނޫންތޯ ލިޔުންތެރިޔާއާ ސުވާލުކޮށްލަން ހިތަށް އަރައެވެ.
އާދެ ސަރުކާރުގަ ޚަރަދުކުރެވޭނެ ތަނަވަސްކަން ނެތޭ ބުނުމަކީ ސަރުކާރަށް ރައްދުކުރެވޭ ހަޑިހުތުރު ބަހެއްކަންވެސް ލިޔުންތެރިޔާއަށް ނޭގުނީތީ ހައިރާން ވާން ޖެހެއެވެ. ސަރުކާރުގެ ފައިސާ ނޫނީ މައުމޫނުގެ އަމިއްލަ މިލްކުގައި އެހާގިނަ ފައިސާހުރިކަން އެގޭ ތިޔަލިޔުންތެރިޔާ ނޫން އެހެން އިންސާނަކު މިދިވެހިރާއްޖޭގައި ހުރިކަން އަޅުގަޑަށް އެގިފައެއްނެތެވެ.
އާދެ ގެތައް ބުރިބުރިއަށް އަރާ ވާހަކަ ދައްކާއިރު ރާއްޖޭގެ ކިތައް ރައްޔިތުން އުޅޭނެ ގެއެއް ވަޒަނެއް ނެތި ރެފިއުޖީންގެގޮތުގައި އުޅޭކަން ނޭގެނީ ބާވައެވެ. އާދެ މައުމޫނުގެ ސަރުކާރުން ބައެއް މީހުންނަށް ވަރަށްގިނަ ކަންތައް ކޮށްދީފައިވާކަމާ މެދަކު ޝައްކެއްވެސް ނެތެވެ. އާދެ 70 ގެ އަހަރުތަކާ މިހާރާ އަޅާކިޔުމަކީ ތަސައްރަފު ނުފުދޭ މީހުން ކުރާކަންތަކެވެ. ދުނިޔޭގެ ކަންތައް ބަދަލުވަމުން ދާގޮތަކަށް ކޮންމެމީހަކު ވެރިކަމުގައި ހުރި ކަމުގައި ވިޔަސް ގައުމުގެ ރައްޔިތުން ކުރިމަތި ލައިފިއްޔާ ޤައުމު ދާނީ ކުރިއަށް ކަމާމެދު ސަލާމަތް ބުއްދި ހުރި އެއްވެސް މީހަކު ދެކޮޅުވެރި ނުވާނެއެވެ. އާދެ ކޮންމެ ބައެއްވެސް ދައުރެއް ފަސްވެ ދިއުމުން އެދައުރެއްގައި ހިގާފައިވާ ކަންތަކުގެ ވާހަކަ ދެއްކުމަކީ ބޯދާކަމެކެވެ. މިހާރުޖެހެނީ އެދައުރެއްގައި އެކަމެއް އިސްލާހު ކުރާށެވެ. ތިކަހަލަ ބޭފުޅުން ކުރީ ސަރުކާރު އޮތް އިރުވެސް އުޅުނުކަން އެއީ އެންމެން ދަންނަކަމެކެވެ. އާދެ ކިތަށްމީހުން ރެޔާއި ދުވާލު މަސައްކަތް ކުރުމަށް ފަހު ލިބޭލާރިކޮޅުން ނުފުދި އުޅޭކަން ލިޔުންތެރިޔާއަށް ނޭގުމުން ހައިރާވެއްޖެއެވެ.
އާދެ ބަޔަކުމީހުން ރުޅިއައިއްސި ކަމަށްވާނަމަ ކޮންމެވެސް ގޯހެއް ވާނެކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. އާދެ ލޮލުގެ ފެނުން މަހުރޫމު ވިޔަސް މާލެއަށް ކޮށްދީފައިވާ ކަންތަކާއި ރާއްޖޭގެ އެހެނިހެން ރައްޔިތުންގެ ހާލު ވަރަށް ސާފުކަމާއިއެކު އެގޭ ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. ވަރަށް ރަގަޅު ވާހަކައެއް، މާލެއަށް ވަރަށް ގިނަކަންތަށް ވަނީ ކޮށްދެވިފައިކަން ކަށަވަރެވެ. ސުވާލަކީ ދިވެހި ރާއްޖޭގައި އޮތީ މާލެ އެކަނި ބާވައެވެ؟ ދިވެހިރާއްޖޭގައި ހައްގެއް އޮންނަނީ މާލޭމީހުންގެ އެކަނީ ތޯއެވެ؟
އާދެ މިމައުޝޫއަށް ލިޔުންތެރިޔާ ލިޔެފައިވާ ދެވަނަ ބައިގަވެސް މުޅން ލިޔެފައިވަނީ މާލޭގެ މިސާލުކަމުން، ލިޔުނތެރިޔާއަކީ ތަންދޮރުނުދަންނަ، ދިވެހިރާއްޖެ ރަގަޅަށް ނުދަންނަ މީހެއްކަން ސާބިތުވެއްޖެއެވެ.
ކަންމިހެން ހުރުމާއެކު މިފަދަ ލިޔުންތަކަށް އަޅުގަޑުމެން އެންމެން ހެއްލިޔަ ނުދީ ޤައުމުގެ މަސްލަހަތާއި އަމަން އަމާންކަން ދެމެހެޓެނިވި ގޮތަކަށް އަޅުގަޑުމެންގެ ކަންތައް އިސްލާހުކުރުމުގެ ވަގުތު އައިސް މިވަނީ ޖެހިފައެވެ. މިކަންތައް ކުރުމުގައި ހަމަހަމަ އުސޫލުތައް ގެންގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާދެ ޤާނޫނު އަސާސީގައި ކަޑައެޅިގެން ހުރިހާދިވެހިންނަކީ ހަމަ ބައެއްކަން ބަޔާން ކުރެވިފައިވަނިކޮށް އެއް ބަޔަކު ބައެއްކަހަލަ ކަންތަކުން މަހުރޫމުކުރުމަކީ ހަމަގައިމުވެސް ހަމަޖެހޭ އުސޫލެއްނޫނެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހަމަކަން މަތީ ޚިދުމަތް ނުކުރެވޭ ސަރުކާރެއް ނުވަތަ ޤާނޫނު އަސާސީއެއްވެސް ޤަބޫލުކުރެވިގެން ނުވާނެއެވެ. ހަމައެއާއެކު ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އަނިޔާ ލިބިގެން ނުވާނެއެވެ.
މިއީ އަޅުގަޑު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ރައީސް މައުމޫނު އަށާއި އަޅުގަޑުމެން ހޮއްވަވާފައިވާ މެމްބަރުންނަށް ކުރާ އިލްތިމާސްއެކެވެ. މިކަން މިގޮތަށް ކުރުމުން ތިޔަބޭފުޅުން ފަސްޖެހޭނަމަ މިހާރު ތިޔަ މޤާމް ތައް ދޫކުރުމަށްވެސް ނަސޭހަތްތެރި ވަމެވެ.
| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |
© Dhivehi Observer 2004